އަލީ ޔާމިން
ޑެލިވަރީ މެދުވެރިކޮށް ގެންނަ ތަކެތިވެސް ރަނގަޅަށް ދޮވެގެން ބޭނުންކުރުމަށް ޑރ. ނަޒްލާ ރަފީގު އިލްތިމާސްކުރައްވައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ޑެލިވަރީކުރާ މިހާއާ ވެސް ދުރުމިނެއް ބަހަށްޓަންޖެހޭ ކަމަށާއި އަދި ފައިސާގެ ބަދަލުގައި އޮންލައިންކޮށް ތަކެއްޗަށް ފައިސާ ދެއްކުމަކީ މުހިންމު ކަމެއް ކަމަށެވެ.
އޭގެ އިތުރުން ބޭރުން ތަކެތި ގެންނައިރު ވިސްނަންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށާއި އެގޮތުން ތަރުކާރީ އާއި މޭވާފަދަ ތަކެތިނަމަ ރަނގަޅަށް ދޮވެލުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
"މިގޮތަށް ތަކެތި ގެންނައިރު ކޮތަޅުން ތަކެތި ނަގާފައި ކޮތަޅު އެއްލާލުން، ދެން ފުރުޓްސް ވެޖިޓަބަލް އެއްޗެހި ވެއްޖެއްޔާ ރަނގަޅަށް ވޮޝްކޮށްލުން. ދެން އެހެން ބޭރު ވޮޝް ކުރެވެންޏާ، ޕެކޭޖް ގުޑްސް ވިއްޔާ ބޭރު ސޯޕް އެންޑް ވޯޓާއިން ވައިޕްކޮށްލެވިދާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑޮކްޓަރު އިތުރަށް ވިދާޅުވީ ކައްކަން ބޭނުންކުރާ ތެއްޔާއި ކަޓިންބޯޑު ފަދަ ތަކެތި ކެއްކުމުގެ ކުރިން ރަނގަޅަށް ސައިބޯނި ލައިގެން ދޮވެލުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ވައި ދައުރުކުރުން ރަނގަޅު ކޮށްދިނުމަށާއި ވައިރަސް ހަށިގަނޑަށް ވާސިލުވުމުގެ ފުރުސަތު ހަނިކުރުމަށް ގޭތެރޭގައި ތިބޭއިރު ގޭގެ މައިދޮރު ބަންދުކުރުމަށްފަހު ކުޑަދޮރުތައް ހުޅުވާލައިގެން ތިބުމަށް ވެސް ޑޮކްޓަރު އިލްތިމާސް ކުރެއްވިއެވެ.