ކުއްލި ޚަބަރު

އެޗްޕީއޭގެ އިސްލާހު: މިއަދު ކޮވިޑަށް ޕޮޒިޓިވް ވީ 6 ދިވެހީންނާއި ބަންގްލަދޭޝް 2 މީހުން

މިއަދު ކޮވިޑަށް ޕޮޒިޓިވް ވީ ހަ ދިވެހީންނާއި ބަންގްލަދޭޝް ދެ މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. އެޗްޕީއޭއިން މީގެ އިރުކޮޅެއް ފުރަތަމަ ކުރި ޓުވީޓުގައި ބުނީ ޕޮޒިޓިވް ވީ ބަންގްލަދޭޝް ހަ މީހުންނާއި ދެ ދިވެހީން ކަމަށެވެ.

އެޗްޕީއޭއިން ދެވަނަ ޓުވީޓެއް ކޮށްފައި ވަނީ އިސްލާހެއްގެ ގޮތުގަ އެވެ. އަދި މިއަދު ޕޮސިޓިވްވެފައިވާ އަށް މީހުން އައިސޮލޭޝަން ފެސިލިޓީއަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މީގެ އިތުރުން މި އަށް ކޭސް ކުރީގެ އެއްވެސް ކޭސް އަކާއި ގުޅިފައިވޭތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

އަލަށް މި ފެނުނު އަށް ކޭސް އާއެކު ރާއްޖެއިން ކޮވިޑް 19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު މިވަނީ ޖުމްލަ 60 އަށް އަރާފައެވެ. މާލޭގެ އިތުރުން ހއ. އުލިގަމުންވެސް ކޮވިޑް 19 އަށް މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު އެ މުއްދަތު މިހާރު 14 ދުވަހަށް އިތުރުކޮށްފައިވާ އިރު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުންކޮށްފައެވެ.