އިތުރު 6 ބަންގްލަދޭޝް މީހުންނާއި 2 ދިވެހީން ޕޮޒިޓިވްވެ މާލޭގެ އަދަދު 40 އަށް އަރައިފި އެވެ.
އެޗްޕީއޭއިން ފަހުން ވަނީ މި މައުލޫމާތުގެ އިސްލާހެއް ޓުވީޓުކޮށްފަ އެވެ. އެ ގޮތުން ކޮވިޑް ޖެހުނީ ހަ ދިވެހީންނާއި ބަންގްލަދޭޝް ދެމީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
މި އަށް މީހުންނާއެކު މާލޭން ބަލި ޖެހުނު ޖުމުލަ އަދަދަކީ 40 އެވެ.
ކޮވިޑާއި ގުޅިގެން މުޅި ރާއްޖެ މި ވަގުތު އޮތީ ލޮކްޑައުންގެ ހާލަތުގަ އެވެ.