ކުއްލި ޚަބަރު

މާލޭގެ މަގުމައްޗައް ވެއްޓިފައި އޮތް ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި: އެމްއެންޑީއެފް

އައިދާ އަބްދުލް ހަކީމް

މާލޭގެ މަޖީދީމަގު މައްޗަށް ވެއްޓިފައި އޮތް ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އުމުރުން 50 އަހަރުގެ އެ ބަންގުލަދޭޝް މީހާ ވެއްޓިފައި އޮއްވާ ފެނުނީ ފުލުހުން މަގުމަތި ޕެޓްރޯލް ކުރަމުން ދަނިކޮށް މިރޭ 8:31 ހާއިރު މ. އޯޑިއޯން ކައިރިއަށެވެ. އަދި އޭނާ ވަނީ ސެނަހިޔާއަށް ގެންގޮސްފައެވެ.

ސެނަހިޔާގެ ޑޮކްޓަރުންނާ ހަވާލާދީ އެމްއެންޑީއެފުން ބުނީ، އޭނާ އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. އަދި އޭނާގެ މޭގައި ރިއްސާތީ އުޅުނު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މައުލޫމާތު ދިނެވެ.