ކުއްލި ޚަބަރު

ހުއްދަދެވިފައިވާ ކަންކަން ނޫން އެހެން ކަންކަމަށް ފާސްތައް ބޭނުންކުރާކަން ފާހަގަކުރެވޭ: ފުލުހުން

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ދޫކޮށްފައިވާ ފާސްތައް ހުއްދަދެވިފައިވާ ކަންކަން ނޫން އެހެން ކަންކަމަށް ބޭނުންކުރާކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމޮޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވީ އެހެން ބޭނުންތަކަށް ފާސް ބޭނުންކުރާ މީހުންގެ އަތުން ފާސް އަތުލަމުން އަންނަ ކަމަށެވެ.

“އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ހުއްދަ ދެވިފައިވާ ކަންކަމަށް ނޫން އެހެން ކަންކަމަށް ވެސް ފާސް ބޭނުންކުރަމުންދާކަން. އެ ފަރާތްތަކުގެ ފާސްތައް އަޅުގަނޑުމެން މިދަނީ ޑިސްކޮލިފައިކޮށްލަމުން،” އޭނާ ވިދާޅުވިއެވެ.

މަންނާން ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ހުއްދަ ދޫކުރަމުން އަންނަ ވަރަށް ހާއްސަ މަގުސަދެއްގައި ކަމަށާއި އެހެންކަމުން ހުއްދަދެވިފައިވާ ކަންކަމަށް ފާސްތައް ބޭނުންކުރުމަށް އެދޭ ކަމަށެވެ.