މާފުށީ ޖަލުގެ ޔުނިޓަކުން ގައިދީން ނުކުތުމުން އެކަން ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ގައިދީއަކަށާއި ދެ އޮފިސަރަކަށް އަނިޔާވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ، މާފުށީ ޖަލުގެ ޔުނިޓް ނުވައެއްގައި ތިބި ގައިދީންނަށް މިރޭ ކާންދިނުމަށްޓަކައި ޔުނިޓް ހުޅުވި ވަގުތު ބައެއް ގައިދީން ގަދަކަމުން ޔުނިޓުން ނުކުމެފައިވާ ކަމަށެވެ.
ނަމަވެސް ހާލަތު މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި އެކަން ކޮންޓްރޯލް ކުރުމުގެ ތެރޭގައި ގައިދީއަކަށާއި ދެ އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެކަން ހިނގައިދިޔަ ގޮތް މިހާރު ބަލަމުން އަންނަ ކަމަށް އެ ސާވިސް އިން ބުނެއެވެ.