ދުނިޔެ

އެހެން ގައުމުތަކަށް މިސާލު ދައްކައި ލަންކާއިން ކޮވިޑް ކޮންޓްރޯލްކޮށް ކާފިއު އުވާލަނީ

މުހައްމަދު އައުޒަމް

1

އެހެން ގައުމުތަކަށް މިސާލު ދައްކައި ލަންކާއިން ކޮވިޑް ކޮންޓްރޯލްކޮށް ކާފިއު އުވާލާނެ ކަމަށް ބުނެފިއެވެ.

ލަންކާގެ ހެލްތު މިނިސްޓަރު ޕަވިތުރާ ވައްނިއަރައްޗީ ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގައި ކާފިއު އުވާލައި ގައުމު ހިންގަން ފެށޭވަރުވާނެ ކަމަށެވެ. ހެލްތު މިނިސްޓަރު ނެރުއްވި ވީޑިއޯ ބަޔާނެއްގައި ވިދާޅުވީ ލަންކާގައި ކޮވިޑަށް ޕޮޒިޓިވް ވި އެންމެން ކަހަލަގޮތަކަށް މިހާރު ތިބީ ކަރަންޓީނު ފެސިލިޓީ ތަކުގައި ކަމަށާއި އެމީހުން އާންމުންގެ ތެރޭގައި ނޫޅޭނެކަމަށެވެ.

ހެލްތު މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވީ ލަންކާގެ ހާލަތު މިހާ ހިސާބަށް ގެނެވިފައި ވަނީ ލަންކާގެ ރައީސާއި ބޮޑުވަޒީރު ގައުމާއި ރައްޔިތުންގެ ސަލާމަތަށް އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އަދި މި ހުރިހާ ފިޔަވަޅުތައްވެސް އަޅާފައިވަނީ ގައުމުގެ އިގްތިސޯދަށް ބެލުމެއް ނެތި ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަން ދެއްވައިގެން ކަމަށެވެ.

ލަންކާގެ ހެލްތް މިނިސްޓަރު ވަނީ އެމެރިކާފަދަ ބޮޑެތި ގައުމުތަކުން އިސްކޮށްފައިވަނީ އެގައުމުތަކުގެ އަމިއްލަ އިގްތިސޯދު ކަމަށާއި އެގައުމުތަކުގެ އާންމު ރައްޔިތުންގެ ރައްކާތެރިކަން އިސްކުރެވިފައި ނުވާކަމަށް ފާހަގަ ކުރައްވައިފައެވެ.

ސްރީލަންކާއިން މިހާތަނަށް 244 މީހުން ޕޮޒިޓިވް ވެފައިވާއިރު ހަތް މީހުން ވަނީ މަރުވެފައެވެ. އަދި 77 މީހަކު މިބަލިން ވަނީ ރަނގަޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟