މި މަހުގެ 30 ގެ ނިޔަލަށް ސަރުކާރު ބަންދުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެގޮތަށް ހަމަޖެއްސެވީ ކޮވިޑް 19 ފެތުރުން ހުއްޓުވުމަށްޓަކައި މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އަމުރު ތަންފީޒު ކުރެއްވުމުގެ ގޮތުންނެވެ.
ރައީސް އޮފީހުން ބުނީ، ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖެއްސެވި ނަމަވެސް، ދައުލަތުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ އަސާސީ ހިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސެމަށާއި އޮފީސް ހުޅުވައިގެން ހިދުމަތެއް ދޭންޖެހިއްޖެނަމަ، އެ ހިދުމަތެއް ދިނުމަށް ބޭނުންވާ އެންމެ މަދު މުވައްޒަފުން ނެރިގެން، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ލަފަޔާއެކު، އެ އޮފީހެއްގެ ވެރިޔަކު ކަނޑައަޅާ ގޮތެއްގެ މަތިން އޮފީސް ހުޅުވައިގެން އެ ހިދުމަތެއް ދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ވެސް ރައީސް އޮފީސްތަކަށް އެންގެވި ކަމަށެވެ.
އެގޮތުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ އަސާސީ ހިދުމަތްތައް:
ރައީސް އޮފީހުން ބުނީ، ސަރުކާރު އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖެއްސީ ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް ކަމަށްވާތީ މި މުއްދަތުގެ ތެރޭގައި އެޗްޕީއޭ އިން އަންގާ އެންގުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި އެ އެޖެންސީން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މި ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅު ކަމުގައި ވެސް ރައީސް ފާހަގަކުރެއްވި ކަމަށެވެ.