ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)

މާލޭން ކޮވިޑު ޖެހުނު މީހުންނަށް ބަލާ އިރު ބަލި އޮތީ ތިން ކުރިޔަކަށް ފެތުރިފައި: ޑރ. ނަޒްލާ

މަރިޔަމް ޝަހުދާ

މާލޭން ކޮވިޑު ޖެހުނު މީހުންނަށް ބަލާ އިރު ބަލި އޮތީ ތިން ކުރިޔަކަށް ފެތުރިފައި ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވިއެވެެ.

ސަރުކާރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ.ނަޒްލާ ވިދާޅުވީ މާލެއިން ފުރަތަމަ ފެނުނު ކޭސްގެ އިތުރުން އަދި ދެ ކްލަސްޓާ އުޅޭ ކަމަށެވެ.

އެގޮތުން އެންމެ ފަހުން ފެނުނު ދެ ކޭސް އަކީ އެއްވެސް އިތުރު ކޭސްއަކާ އެއްވެސް ކަހަލަ ގުޅުމެއް ނުފެންނަ ދެ ކޭސް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މީގެ މާނައަކީ އަޅުގަނޑުމެންގެ މުޖުތަމައު ތެރޭގައި ބަލި އުޅޭކަން. ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަން. އެއީ އޭގެ ނުރައްކަލަކީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު ޓްރެވަލް ހިސްޓްރީއެއް ނެތް މީހަކު މާލެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވުމުގެ ކުރިން ފެށިގެން އެޗްޕީއޭ އަދި ކަމާބެހޭ އިދަރާތަކުން އަންނަނީ އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް އިރުޝާދުދެމުންނެވެ. ނަމަވެސް މިހާތަނަށް ކޮންޓެކްޓް ޓްރޭސިންގް އިން މިކަން ނުފެންނަ ކަމަށް މީގެ ކުރިން ބޭއްވި ޕްރެސްތަކުގައި ސަރުކާރުން ބުނެފައިވެއެވެ.