މި ދެދުވަހު މީސް މީޑިއާގައި އެންމެ ގަދައަށް ދެކެވުނު އެއް ވާހަކަ އަކީ ނެޓްފިލިކްސްއިން ފްރެންޑްސް ޖެނުއަރީ އެކަކުން ފެށިގެން ގެއްލޭ ވާހަކައެވެ. ގިނަ ބަޔަކު ދިޔައީ މިކަމާ ހިތާމަކޮށް ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.
ނަމަވެސް ނެޓްފްލިކްސް އިން މިވަނީ އިއްޔެ މި ކަމަށް ހައްލެއް ހޯދައިދީފައެވެ. ނެޓްފިލްސް އިން ބުނި ގޮތުގައި 2019 ވަނަ އަހަރު ވެސް ފްރެންޑްސް އެ ޕްލެޓްފޯމުން ބެލޭނެ ކަމަށެވެ.
ނެޓްފްލިކްސްއިން ވަނީ ފްރެންޑްސް އިތުރު އެއް އަހަރު ދުވަހު އެ ޕްލެޓްފޯމުގައި ބޭއްވުމަށް 100 މިލިއަން ޑޮލަރު ދައްކާފައެވެ. މީގެ ކުރީން ދައްކަނީ އަހަރަކަށް 30 މިލިއަން ޑޮލަރެވެ.
1994 ވަނަ އަހަރު ދައްކަން ފެށި އަދި ދިވެހިންގެ މެދުގައިވެސް މަގުބޫލު ފްރެންޑްސް ސީރިސް ވަނީ އޭޓީއެންޑްޓީއިން ގަނެފައެވެ. މިއީވެސް ސްޓްރީމް ކުރާ ޕްލެޓްފޯމެއް ކަމުން އެމީހުން ނެޓްފްލިކްސްގައި ފްރެންޑްސް ބާއްވަން ބޭނުމެއް ނުވެއެވެ.
އޭޓީއެންޑްޓީ ގެ ޗީޕް އެގްޒެކެޓިވް ބުނި ގޮތުގައި މާކެޓުގައި ބޭއްވޭނީ އެންމެ ދެތިން ސްޓްރީމިން ޕްލެޓްފޯމް ކަމަށާއި އެމީހުން އެ ދެތިން ޕްލެޓްފޯމު ތެރޭގައި ހިމެނެން ބޭނުން ވާ ކަމަށެވެ.