ލޮކްޑައުންއާ ގުޅިގެން، މީހުން ބޭނުންވާ މުދާ ޑެލިވަރީ ކުރުމުގެ ހިދުމަތް ވަކި ވަގުތުތަކަކަށް ހާއްސަ ކޮށްފައި އޮތް އޮތުން އުވާލައި، 24 ގަޑި އިރު މުދާ ޑެލިވަރީގެ ހިދުމަތް ދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
ފުލުހުން ދާދި ދެންމެއަކު ބުނީ އެގޮތަށް ހުއްދަ ދޭން ނިންމީ ގިނަ އަދަދެއްގެ ޑެލިވަރީ ފޯރުކޮށްނުދެވި ހުރުމުގެ ސަބަބުން އާންމުންނަށް ދަތިތަކާއި ކުރިމަތިވެފައިވާތީ ކަމަށެވެ.
ހޯލްސޭލް އަދި ރީޓެއިލް ޑެލިވަރީގެ ހިދުމަތް 24 ގަޑި އިރަށް ދިން ނަމަވެސް ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ޑެލިވަރީ ދެވޭނެ ގަޑި އަކީ ހެނދުނު 08:30 އިން ރޭގަނޑު 23:30 އަށް ކަމަށް ފުލުހުން ބުނެއެވެ.
މާލެ ސަރަހައްދަށް އިއުލާނު ކުރި ލޮކްޑައުން މުއްދަތު މިހާރުވަނީ 14 ދުވަހަށް އިތުރުކޮށްފައެވެ.