ކޮވިޑް ޖެހިފައި ހުއްޓައި މާލޭން ފެނުނު ފުރަތަމަ މީހާއާ (ޕޭޝަންޓް21) އާ ގުޅުން އޮތް އިތުރު 11 ތަނެއް ކަރަންޓީނުކޮށްފި އެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައިވާ ގޮތުން މި ތަންތަނުގެ ތެރޭގައި ހިމެނެނީ ހުޅުމާލެ އަދި މާލޭގެ ތަންތަނެވެ. ޕޭޝަންޓް 21 އާއި ގުޅުން ހުރުމުގެ ސަބަބުން ކަރަންޓީނު ކޮށްފައިވާ ތަންތަނަކީ؛
މި 11 ގޭގެ އިތުރަށް ޕޭޝަންޓް 21 އާ ގުޅުން ހުރި ތިން ގެއެއް ކަރަންޓީނުކޮށްފައިވާ ކަމުގެ މައުލޫމާތު އެޗްޕީއޭއިން އާންމު ކޮށްފައިވެއެވެ. އެއީ އައްޑޫގެ ގެއަކާއި މާލެއިން ދެގެއެވެ. އެއީ ހ. ރަތްކުރެދި އިމާރާތުގެ 4 ވަނަ ފަނގިފިލާ، މ. ޖަރީމާގެ އަދި އައްޑޫ ސިޓީ ހިތަދޫ ނޫމަސްވާދީގެ އެވެ.
މިގެތައް ކަރަންޓީނު ކުރަމުން އަންނަނީ ޕޭޝަންޓް 21 ގެ ކޮންޓެކްޓް ޓްރޭސިންގް އިން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ޕޭޝަންޓް 21 އަކީ މާލެއިން ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ.