މަގުބޫލު ޓީވީ ސީރީޒް މަނީ ހެއިސްޓްގެ ފަސްވަނަ ސީޒަން އަންނަ އަަހަރުގެ އޭޕްރިލްގައި ނެރުމަށް މަސައްކަތް ކުރާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މަނީ ހެއިސްޓްގެ ތިން ވަނަ ސީޒަން ރިލީސް ކޮށްފައިވަނީ މިދިޔަ އަަހަރު ޖުލައިގައެވެ. މިމަހު ވަނީ ހަތަރުވަނަ ސީޒަން ރިލީސްކޮށްފައެވެ. ސީޒަން ފަހެއް ރިލީސްކުރާ ތާރީހު ނެޓްފްލިކްސްއިން ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް ސީޒަން ފަހެއް އަންނާނެކަން ހަތަރުވަނަ ސީޒަންގެ އެންމެ ފަހު އެޕިސޯޑުން ވަނީ އެނގިގެންގޮސްފައެވެ.
ސީރީޒްއާއި ގުޅިގެން އެކި ގޮތްގޮތަށް މީސް މީޑިއާގައި ވާހަކަ ދެކެވެމުން ދާއިރު އެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި ދެ ސީޒަންވެސް (ހަތަރަކާއި ފަހެއް)ކުޅެ ނިންމާފައިވާނީ އެކުގައި ކަމަށާއި ހަމަހުގެ ދުރުމިނެއް ލުމަށްފަހު ރިލީސްކޮށްލެވޭނެ އެވެ.
އަށް އެޕިސޯޑުގެ މައްޗަށް ރިލީސްކޮށްފައި އޮތް ސީޒަން ހަތަރެއް ނިންމާލި އިރު ސީރީޒްގެ މުހިންމު ކެރެކްޓަރެއް ކަމަށްވާ ނައިރޯބީ ވަނީ މަރުވެފައެވެ. އިންސްޕެކްޓަރު ރަކޭލް އަނބުރާ ބޭންކަށް ދެއެވެ. އަދި ނައިރޯބީއަށްޓަކައި އެމީހުންގެ ހެއިސްޓް ފުރިހަމަކުރަން ނިންމައެވެ.
އެހެން ކަމުން ފޭނުން މިހާރު އިންތިޒާރު ކުރަނީ ދެން ވާނެ ގޮތަކާމެދުއެވެ.