މާލެއިން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވްވި މީހާ ދިރިއުޅެމުން އައި މ.ޖަރީމާގެ މޮނީޓަރިންގެ ހާލަތަށް ގެނެއްސި އެވެ.
އެޗްޕީއޭއިން މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެގެ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ޕޮޒިޓިވް ވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ ތެރެއިން ކަމަށެވެ.
އެގޮތުން މ. ޖަރީމާގެއަށް ހުއްދަނެތި އެއްވެސް މީހަކުން ވަނުން އަދި ހުއްދަ ނެތި އެގެއިން މީހަކު ނިކުތުން ވެސް މަނާ ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިއަދު މާލެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހަކީ މާލޭ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެކެވެ. އޭނާ ބައްޔަށް ޕޮސޒިޓިވްވުމުން މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލު ކޮށްފައެވެ. އަދި ކޮންޓެކްޓް ޓެރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.