ގައުމީ އެއާލައިން، މޯލްޑިވިއަން އިން އެތެރޭގެ އުދުހުންތައް މެދުކަނޑާލައިފި އެވެ.
މޯލްޑިވިއަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ އެއާލައިނުގެ އެތެރޭގެ އުދުހުންތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ މާލެ ސިޓީގައި ލޮކްޑައުން އިއުލާނުކޮށްފައިވާތީ ކަމަށެވެ. އަދި އެޗްޕީއޭ އިން ވަކި ގޮތަކަށް އަންގަންދެން އެ ނިންމުން ދެމި އޮންނާނެ ކަމަށް ބުނެފައިވެއެވެ.
މިއަދު މެންދުރު 2:30 އިން ފެށިގެން މާލެ 24 ގަޑިއިރަށް ލޮކްޑައުން ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނިންމީ، ކޮވިޑް 19 އަށް ޕޮޒިޓިވްވި ދިވެއްސަކު މާލޭން ފެނުމުންނެވެ.
އެ ހާލަތާ ގުޅިގެން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް މެދުކަނޑާލައިފައިވާއިރު މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއް ފުރުންވެސް އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ.