ރާއްޖޭގައި މަސައްކަތްކުރާ ލަންކާ ޑޮކްޓަރެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، މިއަދު މެންދުރު އެ ޑޮކްޓަރަށް މީހަކު ހަމަލާދީ މާރާމާރީ ހިންގާފައިވަނީ އެސްޓީއޯ ސުޕަމާކެޓް ތެރޭގައި ކަމަށެވެ. އެ މާރާމާރީގައި އެ ޑޮކްޓަރުގެ ވާތު ލޯ ކައިރިން މަށައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަން ފަށައިފައެވެ. ނަމަވެސް ޑޮކްޓަރުގެ ގައިގައި އެމީހާ ޖަހައި މާރާމާރީ ހިންގި ސަބަބެއް ފުލުހުން ނުބުނެއެވެ.