ކުއްލި ޚަބަރު

މަހިބަދޫ ބަނދަރުގައި ހުރީ ލޯންޗުތަކެއްގައި ރޯވެ، ފަސް ލޯންޗާއި ދެ ޑިންގީ އަނދައި ހުލިވެއްޖެ

އދ. މަހިބަދޫ ބަނދަރުގައި ހުރި ލޯންޗުތަކެއްގައި ރޯވެ އަނދަމުން އެބަދެ އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާގައި ރޯވެފައި ވަނީ ޕޮލިސް ލޯންޗުގައާއި އަތޮޅު ކައުންސިލު ލޯންޗުގައާއި ސީއެމްބިޔުލެންސް ލޯންޗާއި އެޗްއެމްއެޗްއައި ޓްރަވެލެސް އެކެއް އަދި ދޭއްގެ އިތުރުން ދެ ޑިންގީއެއްގަ އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ ފަތިހު 5:45 އެހާއިރު އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ލޯންޗުތަކުގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށާއި އަލިފާންގަނޑު މުޅީން ކޮންޓްރޯލުކޮށް ނިއްވައި ލެވުނީ 8:05 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި މި ހާދިސާގައި ރޯވި އުޅަނދުފަހަރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.