ދުނިޔެ

ކޮވިޑް 19އާ ދެކޮޅަށް އިނގިރޭސި ސްޕޭސް އެޖެންސީން 2.6 މިލިޔަން ޔޫރޯގެ ފަންޑެއް ތައާރަފުކޮށްފި

މުހައްމަދު އައުޒަމް

ކޮވިޑް 19އާ ދެކޮޅަށް އިނގިރޭސި ސްޕޭސް އެޖެންސީން 2.6 މިލިޔަން ޔޫރޯގެ ފަންޑެއް ތައާރަފުކޮށްފިއެވެ.

ސްޕޭސް ޓެކްނުލޮޖީގެ އެހީގައި އިނގިރޭސިވިލާތުގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް އެހީތެރިވުމުގެ ގޮތުން ޔޫކޭ ސްޕޭސް އެޖެންސީން ފެށި މި މަޝްރޫއުގައި ފަންޑު ކުރުމަށް ހަމަޖައްސާފައިވަނީ ހައިޓެކް ޕްރޮޖެކްޓްތަކަށް ކަމަށް އެއެޖެންސީން ބުނެއެވެ.

ޔޫކޭ ސްޕޭސް އެޖެންސީން ވަނީ ސެޓެލައިޓް ޑާޓާގެ އިތުރުން ޑްރޯން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮވިޑް ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތުގައި އެހީތެރިކަން ފޯރުވުމަށް މަސައްކަތް ފަށާފައެވެ. އެގޮތުން ޓެސްޓު ކިޓްތަކާއި މާސްކުތަކުގެ އިތުރުން ކޮވިޑާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ބޭނުން ވާނެ އާލާތްތައް ޑެލިވަރީ ކުރާނެ ފަސޭހަ ގޮތްތަކެއް މި ފަންޑުގެ އެހީގައި ހޯދުމަށް ވަނީ ނިންމާފައެވެ.

ޔޫކޭ ސްޕޭސް އެޖެންސީން އިސްނަގައިގެން ފަށާފައި މިވާ މަސައްކަތަށް އެހީތެރިވުމަށް ޔޫރަޕިއަން ސައިންސް އެޖެންސީންވެސް ވަނީ ނިންމާފައެވެ. ޔޫރަޕިއަން ސައިންސް އެޖެންސީން ވަނީ މިމަސައްކަތުގެ ސަބަބުން ސެޓެލައިޓް އަދި ސްޕޭސް ޓެކްނޮލޮޖީގެ އެހީގައި ސިއްހީ ދާއިރާގެ މަސައްކަތްތަކަށް އެހީތެރިވުމަށް ކުރެވިދާނެ މަސައްކަތް ބަލައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރު ކަމަށް ބުނެފައެވެ.

އިނގިރޭސި ސްޕޭސް އެޖެންސީގެ މި ފަންޑް ލިބޭ ފަރާތްތަކުގެ ޕްރޮޖެކްޓްތަކުގެ އަގުގެ 80 ޕަސެންޓު އެހީގެ ގޮތުގައި ލިބޭނެކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ.