ދުނިޔެ

އެމެރިކާގައި ކޮވިޑް 19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ހަަތަރު ލައްކައިން މައްޗަށް

މަރިޔަމް ޝަހުދާ

އެމެރިކާގައި ކޮވިޑް 19 އަށް ޕޮސިޓިވް ވި މީހުންގެ އަދަދު ހަތަރު ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.

ކޮވިޑް 19ގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، އެމެރިކާއިން މި ބައްޔަށް 435،000 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މިބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 14،700 އަށް ވުރެ މައްޗަށް އަރާފައެވެ. އެމެރިކާއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 22،891 މީހުންނެވެ.

މުޅި ދުނިޔޭގައިވެސް މިހާތަނަށް ކޮވިޑް 19 އަށް އެންމެ ގިނަ މީހުން ޕޮޒިޓީވް ވެފައިވަނީ އެމެރިކާއިންނެވެ. އަދި މި ބަލީގައި އެގައުން މަރުވި މީހުންގެ އަދަދު ވަނީ 14000 އިން މައްޗަށް އަރާފަ އެވެ.

އެމެރިކާގައި ކޮވިޑް 19 ހަލުވިކަމާއެކު ފެތުރެމުންދާ އިރު އެގައުމުގެ ސިއްހީ މާހިރުން ވަނީ މި ބަލީގައި އެގައުމުން 100،000 އާއި 200،000 އާ ދެމެދުގެ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފައެވެ. ނަމަވެސް މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ކުރާ މަސައްކަތް ކާމިޔާބު ވެއްޖެނަމަ އެހާލަތަށް ނުދާނެ ކަމަށް އެމެރިކާގެ ސިއްހީ މާހިރުން ބުނެއެވެ.

އެމެރިކާއިން ކޮވިޑް 19އަށް އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވެފައި ވަނީ މިިދިޔަ ޖެނުއަރީ މަހުއެވެ.