ޗައިނާގައި ދެވަނަ ފަހަރަށް ކޮވިޑް 19 ފެތުރިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެގައުމުގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.
ޝީ ޖިންޕިން ވިދާޅުވީ ޗައިނާގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލު ކުރެވިފައި އޮތަ ނަމަވެސް ނަމަވެސް އެގައުމުގައި އަދިވެސް އަލަށް ކޮވިޑް ޖެހޭ މީހުން ފެންނަމުން އަންނަ ކަމަށެވެ.
ޗައިނާއަށް އެތެރެވާ މީހުންގެ ފުށުން ކޮވިޑް ފެނޭތޯ ރަނގަޅަށް ބެލުމަށް، ކަމާބެހޭ ފަރާތްތަކަށް ޝީ އިރުޝާދު ދެއްވަމުން ޝީ ވިދާޅުވީ އެތެރެވާ މީހުން ރަނގަޅަށް ބެލިއްޖެ ނަމަ ދެވަނަ ފަހަރަށް އެގައުމުގައި ކޮވިޑް 19 ފެތުރުން ހުއްޓުވިދާނެ ކަމަށެވެ.
ދުނިޔޭގެ އިގުތިސޯދު މި ވަގުތު އޮތް ހާލަތާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ޝީ ވިދާޅުވީ އިގްތިސާދު ދަށަށް ދިއުމުގެ ސަބަބުން ކުރިމަތިވާނެ އުނދަގޫތައް ދެނެގަންްނަން އަދި ދަތި ކަމަށެވެ.
ޗައިނާގެ ނޫސްތަކުން ބުނާގޮތުގައި މިހާރު ކޮވިޑް 19ގެ ބަލިމީހުންގެ ގޮތުގައި އެގައުމުން ގިނައިން ފެންނަނީ ބޭރުން އެގައުމަށް ދަތުރު ކުރާ މީހުންނެވެ. އަދި އެ ގައުމުން ކޮވިޑް 19ގެ ބަލިމީހުން ފެންނަ މިންވަރު ވަނީ އެތައް ގުނައަކުން މަދުވެފައެވެ. މީގެ އިތުރުން އެންމެ ފުރަތަމަ ޗައިނާއިން މިބަލި ފެނުނު ވުހާން ސިޓީވެސް މިހާރުވަނީ ލޮކްޑައުން އުވާލާައި އަލުން ހުޅުވާލައިފައެވެ.