ކުއްލި ޚަބަރު

ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ނުއުމާން އަވަހާރަވެއްޖެ

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު ނުއުމާން މިއަދު އަވަހާރަވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނުއުމާން އަވަހާރަވީ ކިޑްނީ ޓްރާންސްޕުލާންޓް އޮޕަރޭޝަނަކަށް އިންޑިއާއަށް ވަޑައިގެން އުޅުއްވަނިކޮށެވެ. އަދި އޭނާ އަވަހާރަވިކަން އަދާލަތު ޕާޓީން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ނުއުމާނަކީ އަދާލަތު ޕާޓީގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޓީގެ ރައީސެވެ. އޭނާ ކަސްޓަމްސްގެ ވެރިޔާގެ މަގާމަށް އައްޔަން ކުރެއްވީ 11 ޑިސެމްބަރު 2018 ގައެވެ.