ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފަކު ޖެޓީ މަތިން މޫދަށް ފުންމާލައިގެން ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފް ނޮދާން އޭރިއާއަށް މިރޭ 10:13 އެހާކަންހާއިރު ހުށަހެޅުނު އެ ރިޕޯޓާ ގުޅިގެން ހޯދަމުންދަނީ އެ ރިސޯޓުގައި އިމާމެއްގެ ވަޒީފާ އަދާކުރަމުންދާ 30 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ.
އޭނާ އެ ރިސޯޓުގެ ސަޕްލައި ޖެޓީން މޫދަށް ފުންމާލީ ފޯން ކޯލެއްގައި ހުރެފައިކަން ރިސޯޓުގެ ސީސީޓީވީން ފެންނަ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތްތަކުގައި އެމްއެންޑީއެފް ޑައިވަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ، އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.