ކުއްލި ޚަބަރު

މާލޭ ގެއެއްގެ ވައިގޮޅި ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއެއްގެ ވައިގޮޅި ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ، މާފަންނުގައި ހުރި ގެއަކުން މިއަދު ހެނދުނުން ފެށިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު ނުފެނިގެން މިރޭ 22:17 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން އެމީހާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އެ ގޭގެ ވައިގޮޅި ތެރެއަށް ވެއްޓިފައި އޮއްވާ މިރޭ 22:36 އެހާކަންހާއިރު ފެނިފައިވާ ކަމަށާއި އަދި އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އެމީހާ ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދެއްވާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.