އެންޓި ކޮރަޕްޝަން ކޮމިޝަން

އަލީވަހީދުގެ ބަލަނީ ގޯތި ގަތް މައްސަލަ، އާތިފާގެ ހައުސިން ޕްރޮޖެކްޓެއްގެ މައްސަލަ: އޭސީސީ

1

ވަޒީރު ކަމަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީން މިއަދު ރުހުން ދީން ދެ ވަޒީރުންގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ގޮތުގައި އޭސީސީން ބަލަމުން އަންނަނީ އޭނާ ގޯއްޗެއް ބައްލަވައިގަތް މައްސަލަ ކަމަށާއި ހައުސިން މިނިސްޓަރު އައިމިނަތު އާތިފާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަނީ ހައުސިން ޕްރޮޖްކްޓެއްގެ މައްސަލަ ކަމަށް އޭސީސީން ބުނެފި އެވެ.

އަލީ ވަހީދު ކުރީން ޑީއާރްޕީގައި ހުންނެވި އިރު އޭނާ ގޯއްޗެއް ބައްލަވައިގެންނެވި މައްސަލައެއް އޭރު އޭސީސީން ބަލަން ފެށި އެވެ.

"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި އޭސީސީގެ މީޑިއާ އޮފިސަރު ހަސަން މަނިކު މިއަދު ވިދާޅުވީ އަލީ ވަހީދާ ގުޅޭ ގޮތުން ބަލަމުން އަންނަ މައްސަލަ އަކީ ވަރަށް ގިނަ ދުވަސްވެފައިވާ މައްސަލައެއް ކަމަށެވެ. އެހެން ކަމުން ބގެލެވޭ ގޮތުގައި އެއީ އެއް މައްސަލަ އެކެވެ.

އާތިފާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަނީ ގއ. ހަސުއިން ޕްރޮޖެކްޓެއްގެ މައްސަލަ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި މައްސަލަ އަކީ ވެސް އާތިފާ ވަޒީރު ކަމަށް އައްޔަން ކުރެއްވި ފަހުން ބަލަން ފެށި މައްސަލައެއް ނޫން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟