އެންޓި ކޮރަޕްޝަން ކޮމިޝަން

ވަޒީރު ކަމަށް ކޮމެޓީން ރުހުން ދިން އަލީ ވަހީދާއި އާތިފާގެ މައްސަލަ އޭސީސީގައި

ވަޒީރު ކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ރުހުން ދީން ދެ ވަޒީރުން ކަމަށް ކަމަށްވާ އާމިނަތު އާތިފާ އާއި އަލީ ވަހީދުގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ބަލުން އަންނަކަން ހާމަވެއްޖެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މައްސަލަ މުޅި މަޖިލީހުގެ ތަޅުމަށް ފޮނުވުމުގެ ކުރީން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން އެބޭފުޅުންގެ މައްސަލައެއް އޮތްތޯ ބަލައި ރިޕޯޓެއް އެކުލަވައިލަން ޖެހެ އެވެ. އެނގިފައިވާ ގޮތުގައި އަލީ ވަހީދާއި އާތިފާގެ މައްސަލައެއް އޭސީސީން ބަލަމުން އަންނަކަން ހާމަވީ އޭސީސީން އެކަމާ ގުޅޭ ގޮތުން ކޮމެޓީ އަށް ފޮނުވި ރިޕޯޓުންނެވެ.

އޭސީސީން ވެސް މިއަދު ވަނީ އެކަން "ވަން އޮންލައިން" އަށް ކަށަވަރުކޮށްދީފަ އެވެ.