އިބްރާހިމް ޒަކީ
ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިއުލާން ކޮށްފައިވާ، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، މިމަހު ތިނަކުން ފެށިގެން ކުރިއަށް އޮތް ހަފުތާގައި ސަރުކާރު ބަންދުކޮށްފައި ވާތީ، މިމަހު ހައެއްވާ ހޯމަ ދުވަހާއި، އަށެއް ވާ ބުދަ ދުވަހު، އެމްޑަބްލިއުއެސްސީގެ ކައުންޓަރުތަކުން ކަސްޓަމަރުންނަށް ހިދުމަތްދޭން ނިންމައިފިއެވެ.
މި ނިންމުމާއި ގުޅިގެން އެމްޑަބްލިއުއެއްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއިން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް އެކުންފުނީގެ ހެޑް އޮފީސް، ފެންބިލްޑިންގެ ކަސްޓަމާ ސާވިސް ކައުންޓަރުންނާއި، ރިސެޕްޝަނުން ކަސްޓަމަރުންނަށް ހިދުމަތް ދޭނެ ކަމަށެވެ.
އެގޮތުން، ފެންބިލްތަކަށް ޗެކުން ފައިސާ ދައްކާ ކަސްޓަމަރުންނަށް، ކަސްޓަމާސާވިސް ކައުންޓަރުން، ސިޓީ އާއި އިިންވޮއިސް އަދި އެހެނިހެން ލިޔެކިއުންތައް ބަަލައިގަތުމާއި، ޕޭމަންޓް ދޫކުރުން ރިސެޕްޝަނުން ކުރިއަށްދާނެ ކަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ކުންފުނިން އަތޮޅުތެރޭގައި ހިދުމަތްދޭ ރަށްރަށުގެ ކަސްޓަމާސާވިސްގެ ކައުންޓަރުތަކުންނާއި، އެކުންފުނީގެ ފެންބިލްތަކަށް ފައިސާ ބަލައިގަތުމަށް ހުއްދަ ދީފައިވާ ޕޭމަންޓް ކައުންޓަރުތަކުން އެ ހިދުމަތްތައް ލިބޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
ކުންފުނިީގެ މުވައްޒަފުންނާއި ކަސްޓަމަރުން ވީހާވެސް ބޮޑަށް ބޭރުގައި ހޭދަރަން ޖެހޭ ވަގުތު މަދުކުރުމަށް އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި، ބިލަށް އަރާ އަދަދު ބަލައިލުމަށާއި ބިލަށް ފައިސާ ދެއްކުމަށް މޯބައިލް އެޕްލިކޭޝަން ބޭނުން ކުރުމަށް ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުންފުނީގެ ހިދުމަތްތަކަށް އެދޭ ފަރާތްތަކުން، ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅުއްވުމަށް ހަދާން ކޮށްދޭ ކަމަށާއި، މިވަގުތު ކުންފުނީގެ ހިދުމަތްތަކާއި އެކި ކަންކަމާ ގުޅޭގޮތުން ހުށަހަޅަން ބޭނުުންވާ ސިޓީތަކާއި މުހިއްމު ލިޔުންތައް ވެސް ކުންފުންޏަށް މެއިލް ކުރުމަށާއި، އިތުރު މައުލޫމާތު ކުންފުނީގެ 24 ގަޑިއިރު ގުޅޭ ކަސްޓަމާ ކެއާ ސެންޓަރުގެ 105 އަށް ގުޅުމް ލިބޭނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެފައި ވެއެވެ.