ކޮވިޑް19 އަށް ޕޮޒިޓިވް ވި ނަރުހަކަށް ޖެނިފާ އެނިސްޓަން ގިފްޓް ކާޑެއް ހަދިޔާ ކޮށްފިއެވެ.
އެ ކާޑު ޖެނިފާ ހަދިޔާ ކުރީ ރޭ ޖިމީ ކިމެލް ޝޯ ގައި ވީޑިއޯ ކޯލު މެދުވެރިކޮށް ބައިވެރިވެގެންނެވެ.
ޖެނިފާ ދިން ހަދިޔާ ލިބުނު ނަރުހަކީ ކިމްބަލް ފަޔާބޭންކްސް ކިޔާ ނަރުހެކެވެ. އެ ނަރުހަށް ކޮވިޑް ޖެހުނީ ލޮކްޑައުނުގައި އެހެން ބަލި މީހުނަށް ފަރުވާ ދެމުންދަނިކޮށެވެ.
އެ ނަރުހަށް ދެ ދަރިން ލިބިފައިވާއިރު ބައްޔަށް ޕޮޒިޓިވް ވުމާއެކު އެ ކުދީން ވަނީ ވަކީން އައިސޮލޭޓް ކޮށްފައެވެ. އެކަން ޖެނިފާއަށް އެނގުނީ ރައްޓެހިންގެ ފަރާތުން ކަމަށާއި އެހެންވެ ނަރުހަށް ހިތްވަރު ދިނުމަށާއި އުފާކޮށްދިނުމުގެ ގޮތުން ދިން ސަޕްރައިޒު ހަދިޔާއެއް ކަަމަށް ޖެނިފާ ބުނެފައި ވެއެވެ.
51 އަހަރުގެ ޖެނިފާ ވަނީ ކިމްބަލްގެ އިތުރުން އޭނާ އައިސޮލޭޓް ކޮށްފައި ހުރި ގޭގެ އެބުރީގައި ދިރިއުޅޭ އެހެން ނަރުހަކަށްވެސް ގިފްޓް ކާޑު ހަދިޔާކޮށްފައެވެ.
ފާއިތުވި ތިން ހަފުތާފައި ޖެނިފާވެސް ހުރީ ގޭގައި އައިސޮލޭޓްވެގެންނެވެ. ޖިމީގެ ޝޯގައި ވީޑިއޯ ކޯލު މެދުވެރިކޮށް ބައިވެރިވުމުގެ ފުރުސަތު ލިބުމުން އެކަމާ އުފާވި ކަމަށް ޖެނިފާ ބުނެއެވެ.
"ވަރަަށް އުފާވެއްޖެ. މިއީ އިންސާނުންނާއެކު ވާހަކަ ދެކެވޭ ވަގުތު. ތިން ހަފުތާވީ" ޝޯގައި ޖެނިފާ ބުންޏެވެ.
ޖެނިފާ އިތުރަށް ބުނީ އެންމެ އުނދަގޫ ވަނީ ނޫސް ބެލުމުން ކަމަށެވެ. ކޮންމެ ދުވަހަކު ދެފަހަރު ނޫސްތައް ބަލާ ކަމަށާއި މީހުންނަށް ވާ ގޮތް ފެނިފައި ވަަރަށް ހިތާމަ ކުރާ ކަމަށެވެ.