އިބްރާހިމް ޒަކީ
ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން، މިއަދުން ފެށިގެން، މަގުތަކަށް މީހުން ނުކުމެ އުޅުން މަނާގޮށްފައިވާ ކަޑިތަކުގައި، ނޫސްވެރިންގެ މަސްއޫލިޔަތު އަދާކުރަމުންދާއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކަށް އެންމެހާ ނޫށްސްވެރިން ބޯލެނބުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސްކޮށްފިއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އިއްޔެ ނެރުނު ބަޔާނެއްގައިވަނީ މިއަދުން ފެށީގެން ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާ ދެމެދު މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި އުޅަނދުފަހަރު ދުއްވުމާއި، މީހުން އުޅުން ހުއްޓާލުމަށް އަންގައިފައެވެ.
މަގުތަކަށް މީހުން ނިކުން މަނާ ކޮށްފައިވާ އެ ގަޑީތަކުގައި، ނޫސްވެރިންގެ މަސްއޫލިއޔަތު އަދާކުވުމަށް ހާއްސަ ފާހެއް ދޫކުރުމަށް ވަނީ ހަަމޖެހިފައެވެ.
އެކަމާ ގުޅިގެން އެމްއެމްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، މިއަދުން ފެށިގެން، މަގުތަކަށް މީހުން ނުކުމެ އުޅުން މަނާގޮށްފައިވާ ގަޑިތަކުގައި، ނޫސްވެރިންގެ މަސްއޫލިޔަތު އަދާކުރުމަށް މަގުމައްޗަށް ނިކުތުމަށް ނޫސްވެރިންނަށް ދޫކުރާ ފާހަކީ، ނޫސްވެރިކަމުގެ މަސްއޫލިއްޔަތުއަަދާކުރަން ދޫކުރާ ފާހަކަށްވާތީ، އެފާސް ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް އަންގާ ކަމަށްވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެމްއެމްސީން ބުނީ އެފާސް ދޫކުރާނީ، މީޑިއާތަކުން މޯލްޑިވެސް މީޑިއާކައުންސިލް (އެމްއެމްސީ) އަށް ނަންފޮނުވާފައިވާ ފަރާތްތަކަށް ކަމަށެވެ.
އެގޮތުން ރަޖިސްޓްރީކޮށް ހިންގާ ކޮންމެ މީޑިއާއަކަށް ފަސް ފާސް ދޫކުރަން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސެންޓަރުން ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އަދި ފާސް ދޫކުރަމުންދާނީ މީޑިއާތަކުން އެ ކައުންސިލަށް ނަންތައް ފޮނުވާފައިވާ މީޑިއާގެ ފަރާތަށް ޝަނަލް އިމަޖެންސީ އޮޕަރޭޝަންސެންޓަރުން ކަމަށްވެސް ބުނެފައިވެއެވެ.
އެފާސް ނެގުމަށް މީޑިއާ ތަްމސީލްކުރާ ފަރާތްތަކުން ދަރުބާރުގެއަށް ދާއިރު، އައިޑީކާޑު ގެންދިއުމަށްވެސް އަންގާފައިވެއެވެ.
މީގެ އިތުރުން ހަތަރު ފުރޮޅުލީ ވެހިކަލްތައް ބޭނުންކުރާ މީޑިއާތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދޫކުރާ ހާއްސަ ސްޓިކާ މީޑިއާތަކުން ބޭނުންކުރާ އުޅަނދު ތަކުގައި ޖެހުމުގެ އިންތިޒާމް ޓްރެފިކް ޕޮލިސްގެ 3333835 އަށް ގުޅުމުން ހަމަޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.