ކުއްލި ޚަބަރު

އިތުރު ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެ، ރާއްޖޭގައި ޕޮޒިޓިވް ވި ދިވެހީންގެ އަދަދު ހަތަރަކަށް އަރައިފި

އައިދާ އަބްދުލް ހަކީމް

1

އަނެއްކާވެސް އިތުރު ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެ، ރާއްޖޭގައި ޕޮޒިޓިވް ވި ދިވެހީންގެ އަދަދު ހަތަރަކަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މީގެ ކުޑައިރުކޮޅެއް ކުރީން ވަނީ މިކަން ޔަގީންކޮށްދީފަ އެވެ.

އެޗްޕީއޭއިން ބުނީ، ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކޮށްފައި ހުރި ދިވެއްސެއްގެ ފަރާތުން ކޮވިޑް 19އިގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މި މީހާއަކީ އިނގިރޭސި ވިލާތުން އެނބުރި އައި މީހެއް ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ހަތަރު ވަނަ ދިވެއްސަކު ރާއްޖޭގައި ކޮވިޑަށް ޕޮޒޮޓިވް ވުމުން، ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ޖުމުލަ އަދަދު މި ވަނީ 19 އަށް އަރައިފަ އެވެ. މި އަދަދުގެ ތެރޭގައި ހިމެނޭ އިޓަލީ ދެމީހަކު ޕޮޒިޓިވް ވިކަން އެނގުނީ އެމީހުން ރާއްޖޭން ފުރައިގެން ގައުމަށް ދާން ފްލައިޓުގައި ތިއްބައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ރާއްޖޭން ހަތަރު ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވީ އިރު މި ހަތަރު މީހުންނަކީ ވެސް އިނގެރޭސި ވިލާތުން ރާއްޖެއަށް އައި މީހުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟