ކުއްލި ޚަބަރު

އެޗްޕީއޭއިން ވަކި އެއްޗެއް އަންގަންދެން ގެސްޓް ހައުސް ތަކާއި ސިޓީހޮޓާތައް ނުހުޅުވަން އަންގައިފި

އެޗްޕީއޭއިން ވަކި އެއްޗެއް އަންގަންދެން ގެސްޓް ހައުސް ތަކާއި ސިޓީހޮޓާތައް ނުހުޅުވަން އަންގައިފި އެވެ. 

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުނު ބަޔާނެއްގައި އަންގާފައިވަނީ އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން މިއަދު ހަވީރު 6:00 އިން ފެށިގެން ރާއްޖޭގައި ހިންގާ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީހޮޓާތަކަށް ބިދޭސީ ފަތުރުވެރިން ޗެކްއިންވުން ހުއްޓާލުމަށެވެ.

މިއީ މީގެ ކުރިން އެޗްޕީއޭއިން އަންގާފައިވާ އެންގުން އިތުރު ކުރުމަށް ނިންމައި ނެރެފައިވާ ބަޔާނެކެވެ. ކުރިން އެންގި އެންގުމުގެ މުއްދަތު ހަމަވަނީ މިއަދަށެވެ.

ކޮވިޑް 19 ރާއްޖޭގައި ފެތުރުން ހުއްޓުވުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. މީގެ އިތުރުން މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ވަނީ ހުއްޓާލައިފައެވެ.