ގދ. ހޯނޑެއްދޫން އަތުލައިގަތް ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާކޮށް ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ކޯޓަށް ހުށަހަޅައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު މައުލޫމާތު ދިން ގޮތުގައި އަށް މީހަކަށް ދައުވާ ކުރުމުގެ އިތުރުން ޖުމުލަ 3،797،702 (ތިން މިލިއަން ހަތްލައްކަ ނުވަދިހަ ހަތްހާސް ހަތްސަތޭކަ ދޭއް) ރުފިޔާ ދައުލަތަށް ނަގައި ދިނުމަށް ވެސް އެ އޮފީހުން ވަނީ އެދިފައެވެ.
މި މައްސަލައިގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ލިބުނުކަމަށް ތުހުމަތު ކުރެވޭ 1،535،110 (އެއް މިލިއަން ފަސްލައްކަ ތިރީސް ފަސްހާސް އެއްސަތޭކަ ދިހައެއް) ދިވެހި ރުފިޔާ އާއި 146،731 (އެއްސަތޭކަ ސާޅީސް ހަހާސް ހަތްސަތޭކަ ތިރީސް އެކެއް) ޔޫއެސް ޑޮލަރު ހިމެނެއެވެ. އަދި ދައުލަތަށް ނަގައިދޭން އެދުނީ މި ފައިސާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އެއީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 160 މާއްދާއާ ހަވާލާދީ، އެގާނޫނުގެ 158 މާއްދާގެ (ހ) ގެ ދަށުން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
މި މައްސަލައިގައި ދައުލަތުގެ ފަރާތުން ދައުވާ ކުރަނީ؛
މި މައްސަލައިގައި މި އަށް މީހުންނާއެކު ހައްޔަރު ކުރި ގއ. ގެމަނަފުށި، ސުރައްޔާމަންޒިލް، މުހައްމަދު ސިދުރަތު (27އ) އަށް ދައުލަތުގެ ފަރާތުން ދައުވާ ކޮށްފައެއް ނުވެއެވެ.