މޯލްޑިވިއަން

މޯލްޑިވިއަން އިން މިއަހަރުގެ ރޯދަމަހު ބާއްވަން ހަމަޖެއްސި ގުރުއާން މުބާރާތް ފަސްކޮށްފި

އައިދާ އަބްދުލް ހަކީމް

ގައުމީ އެއާލައިން މޯލްޑިވިއަން އިން މިއަހަރުގެ ރޯދަމަހު ބާއްވަން ހަމަޖެއްސި ގުރުއާން މުބާރާތް ފަސްކޮށްފިއެވެ.

މޯލްޑިވިއަން އިން ކުރި ޓުވީޓެއްގައި ބުނީ މިހާރު ފެތުރެމުންދާ ކޮވިޑް 19 ރޯގާއާ ގުޅިގެން، އެކުންފުނިން ބާއްވަން ނިންމާފައިވާ ގުރުއާން މުބާރާތް ފަސްކޮށްފައިވާ ކަމަށެވެ. ދެން އެމުބާރާތް ބާއްވާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށް ވެސް މޯލްޑިވިއަނުން ބުނެއެވެ.

މޯޑިވިއަން އިން ވަނީ މި ދަތި ދަނޑިވަޅުގައި ހުރިހާ އެންމެންވެސް ސިއްހީ ކަންކަމަށް ސަމާލުކަންދީ ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް އަމަލު ކުރުމަށް އިލްތިމާސް ކޮށްފައެވެ.

ރާއްޖޭން ކޮވިޑް 19އަށް ޕޮޒިޓިވް ވި މީހުންނަށް ބަލާއިރު، ޖުމުލަ 18 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން ދެ މީހުންނަކީ ރާއްޖޭން ފުރިފަހުން ކޮވިޑް 19އަށް ޕޮޒިޓިވްވިކަން އެނގުނު އިޓަލީ ދެ މީހުންނެވެ.