ކުއްލި ޚަބަރު

ރޯޔަލް އައިލެންޑުގައި ކަރަންޓީނުކޮށްފައި ހުރި ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މަރިޔަމް ޝަހުދާ

ރޯޔަލް އައިލެންޑުގައި ކަރަންޓީނުކޮށްފައި ހުރި ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އިންގިރޭސިވިލާތުން އެނބުރި އައުމުން ރޯޔަލް އައިލެންޑް ރިސޯޓުގައި ކަރަންޓީނު ކޮށްފައި ހުރި ދިވެއްސެއްގެ ފަރާތުން ކޮވިޑް 19 ގެ އަލާމާތްތައް ފެނިގެން އޭނާ ޓެސްޓު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއީން ބުނެއެވެ.

މި މީހާއާއެކު ރާއްޖޭން ކޮވިޑް 19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު މިވަނީ ތިނަކަށް އަރައިފަ އެވެ. މީގެ ކުރިންވެސް އިނގިރޭސިވިލާތުން ރާއްޖެ އައި ދެ ދިވެއްސަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.

މިހާރު ރާއްޖޭން ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންނަށް ބަލާއިރު، ޖުމުލަ މި ވަނީ 18 އަށް އަރައިފަ އެވެ. އޭގެ ތެރެއިން ދެ މީހުންނަކީ ރާއްޖޭން ފުރިފަހުން ކޮވިޑް 19އަށް ޕޮޒިޓިވްވިކަން އެނގުނު އިޓަލީ ދެ މީހުންނެވެ.