ކޮވިޑް 19 އާ ގުޅިގެން މީހުން އެއްވެ އުޅުން މަދުކުރުމުގެ ގޮތުން މިފްކޯ އިން މަސް ކޭސް ގެއަށް ޑެލިވަރީ ކޮށްދޭން ނިންމައިފިއެވެ.
މިކޯއިން މިއަދު ބުނީ ގޭގެއަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެ ހިދުމަތް އައުޓްސޯސްކޮށް މިހާރު ހިދުމަތްދޭން ފަށާފައިވާ ކަމަށެވެ. މިފްކޯ އިން މީގެ ކުރިން ޑެލިވަރީގެ ހިދުމަތް ދެމުން އައީ ފިހާރަތަކަށް އެކަންޏެވެ.
އެހެންނަމަވެސް މިދުވަސްވަރު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި، ރައްޔިތުންގެ އެދުމާއެކު އެ ހިދުމަތް ގެތަކަށް ފޯރުކޮށްދިނުމަށް ނިންމީ ކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯއިން ބުނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:00 އިން ރޭގަނޑު 21:00 އަށް ޑެލިވަރީގެ ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި 7818886 އަށް ގުޅައިގެން އޯޑަރު ކުރެވޭނެ ކަމަށާއި ޑެލިވަރީއަށް އޯޑަރު ކުރަން ބޭނުންވާ ފަރާތްތަކުން އެ ނަމްބަރަށް ވައިބަރު ވެސް ކުރެވޭނެ ކަމަށެވެ.