އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން ކަރަންޓީން ކުރި ހުރިހާ ރިސޯޓުތަކެއް މިހާރު ވަނީ ކަރަންޓީނުން ނަގާފައި ކަމަށާއި، މިހާރު ކަރަންޓީނުގައި އޮތީ ހަމަ އެކަނި ފަސް ސަފާރީ ކަމަށް ކޮވިޑް 19 އާ ބެހޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު، މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އަށް މައުލޫމާތު ދެއްވުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން މަބްރޫކު ވިދާޅުވީ، މިހާރު ކަރަންޓީނުގައި އޮތީ، ވީއެސްޖީ ގްލޯރީ، ކާގޯ ވެސަލް، އާކްނޯބަލް ސަފާރީ، އައިލެންޑް ސަފާރީ، އަދި އެސްވައި ސްޓާސްއެންޑް ކަމަށެވެ.
މަބްރޫކު ވިދާޅުވީ، ހުރިހާ ރިސޯޓެއް މިހާރު ކަރަންޓީނުގެ ހާލަތުން ނަގާފައިވާ ކަމަށެވެ.
މަބްރޫކު ވިދާޅުވީ، ކޮވިޑް 19އަށް ޓެސްޓު ކުރުމަށް ނެގި ސާމްޕަލްތަކުގެ ތެރެއިން 139 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ.
އަދި މިހާތަނަށް ރާއްޖެއިން ކޮވިޑް 19 އަށް ޓެސްޓުކޮށްފައިވަނީ 1089 ސާމްޕަލް ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ ތެރެއިން 17 ސާމްްޕަލް ޕޮޒިޓިވްވެފައިވާ ކަމަށާއި ނެގަޓިވްވެފައިވަނީ 933 ސާމްޕަލް ކަމަށް މަބުރޫކު ވިދާޅުވިއެވެ. އަދި މިހާތަނަށް ނަތީޖާ ނުލިބޭ 139 ސާމްޕަލްއެއް އުޅޭ ކަމަށް މަބުރޫކު ވިދާޅުވިއެވެ.