ވަކި ގޮތެއް އަންގަންދެން ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ވަގުތީ ގޮތުން ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކޮށް އެޗްޕީއޭ އިން މިރޭ ނެރުނު އެންގުމުގައި ރާއްޖޭއްގައި ހިންގާ އެންމެހައި ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ވަގުތީ ގޮތުން އަންގާ ކަމަށެވެ. އަދި މާދަމާ އިން ފެށިގެން ވަކި ގޮތެއް އަންގަންދެން އެ އެންގުމަށް އަމަލު ކުރަން ވަނީ އަންގައިފައެވެ.
އެޗްޕީއޭގެ އެންގުމުގައި ބުނެފައިވަނީ، އެ ފިޔަވަޅު ތަންފީޒުކޮށް، އެ ފިޔަވަޅުތައް ފުރިހަމައަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށެވެ.
ކޮވިޑް 19އާ ގުޅިގެން އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިމަހުގެ 16 ވަނަ ދުވަހު ވެސް ސިނަމާތައް ވަގުތީ ގޮތުން ހުއްޓާލުމަށް އެޗްޕީއޭ އިން އެންގިއެވެ. ނަމަވެސް އެ އެންގުން އިތުރު ކޮށްފައި މިވަނީ އެ މުއްދަތު މާދަމާއަށް ހަމަވާނެތީއެވެ.