ކުއްލި ޚަބަރު

މާލެ ސަރަހައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތައް ހިންގުން ވަގުތީ ގޮތުން މެދުކަނޑާލަން އަންގައިފި

މާލެ ސަރަހައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތައް ހިންގުން ވަގުތީ ގޮތުން މެދުކަނޑާލަން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކޮށް މިއަދު ނެރުނު އެންގުމުގައި ބުނެފައިވަނީ މާލެ، ހުޅުމާލެ ވިލިމާލޭގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތަކާއި އެނޫންވެސް އެފަދަ ކުލާސްތަކާއި ގުރޫޕް ކަސްރަތު ހަރަކާތްތައް ހިންގުން ވަގުތީ ގޮތުން މެދުކަނޑާލަން އަންގާ ކަމަށެވެ.

އެ އެންގުމަށް އަމަލުކުރަން އަންގާފައިވަނީ މިރޭ 12:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެކަށެވެ.

އޭގެ އިތުރުން އެ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތައް ފުރިހަމައަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށް އެންގުމުގައި ބުނެފައިވެއެވެ.