ކޮވިޑް 19

ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާގެ ތެެރެއިން މާޗް 10އާ ހަަމައަށް ހުރިހާ އިންވޮއިސްތައްވާނީ ނިންމައިފައި: މަބްރޫކު

އިބްރާހިމް ޒަކީ

އަމިއްލަ ފިހާރަތަކުން ސަރުކާރުން ކޮށްފައިވާ ވިޔަފާރިތަކަށް ދައްކަންޖެހޭ، ފައިސާގެ ތެެރެއިން މާޗް 10 އާ ހަމަޔަށް ހެދި ހުރިހާ އިންވޮއިސްއަކަށް ފައިސާ ދައްކާފައިވާ ކަމަށް ކޮވިޑް 19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެ އެވެ.

އަމިއްލަ ފިހާރަތަކުން ސަރުކާރުން ކޮށްފައިވާ ވިޔަފާރިތަކަށް ދައްކަންޖެހޭ، ފައިސާގެ ތެެރެއިން މާޗް 10 އާ ހަމަޔަށް ހެދި ހުރިހާ އިންވޮއިސްއަކަށް ފައިސާ ދައްކާފައިވާ ކަމަށް ކޮވިޑް 19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެ އެވެ.

ކޮވިޑް 19 އަށް މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، އަމިއްލަ ފިހާރަތަކުން ސަރުކާރުގެ އެކި ތަންތަނުން ނަގާފައިވާ މުދަލަށް ދައްކަންޖެހޭ ފައިސާ ދެއްކުމަކީ އެ ފަރާތްތަަކަށް ލިބޭނެ ލުޔަކަށް ވެގެންދާނެކަން ފާހަގަކޮށް ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކު ވިދާަޅުވީ، އެ އިންވޮއިސްތަކަށް ސަރުކާރުން ފައިސާ ދައްކަމުންދާ ކަމަށެވެ.

އެގޮތުން މިމަހުގެ 10 އާ ހަމައަށް ހުރި އިންވޮއިސްތަކަށް މިހާރު ފައިސާ ދައްކާފައިވާކަމުގެ މައުލޫމާތު ފިނޭންސް މިނިސްޓްރީން ލިބިފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

އަދި 10 މާޗުން ފެށިގެން މިހާ ހަމައަށްހުރި ބިލުތަކަށް ފައިސާ ދައްކާ ނިންމުމުގެ މަސައްކަތް މިހަފްގާއި ކުރިއަށްގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ސަރުކާރުން ނަގައިފަތިބި އިންވޮއިސްތައް އެބަހުރި، ފައިސާލިބިލައްވަނީ 10 މާޗްއާ ހަމައަށް ހުރި ހުރިހާ ބިލެއް އަޅުގަޑަށް މިހާރު މައުލޫމާތު ލިބެނީ، އެ ޕޭމަންޓްތައް ހެދިފަހުރިކަމަށް ފިނޭންސް މިނިސްޓްރީން، 10 މާޗާ ހަމައަށް އައިސްފަހުރި ބިލުތައް، އިންވޮއިސްތައް އޭގެފަހުން 10 ކުން ފެށިގެން މިހާރާ ހަމައަށް ހުރި އެއްޗެހިތަކަށް މިހަފްތާގެ ތެރޭގައި އެބޭފުޅުން ކްލިއަާ ކުރުމުގެ މަސައްކަތްކުރަނީ،" މަބްރޫކު ވިދާޅުވިއެވެ.

ކޮވިޑް 19 އާ ގުޅިގެން ވިޔަފާރުތަކަށް ލިބެމުންދާ ގެއްލުމުން އަރައި ގަތުމަށް ސަރުކާރުން ވަނީ ލުއިގޮތްތަކެއް ތައާރަފް ކޮށްފައެވެ.