އިބްރާހިމް ޒަކީ
ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް، މިހާރުވެސް 4800 ކިޓް އަތުގައި އެބަހުރި ކަމަށާއި، އެކި ގައުމުތަކުން ރާއްޖެއަށް އަންނަން 29000 އަށްވުރެ ކިޓް އެބަހުރި ކަމަށް ކޮވިޑްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާ ބެހޭ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިއަދު އޮތް ނިއުސްކޮންފަރެންސްގައި މަބހްރޫކު ވިދާޅުވީ، މަބްރޫކު ވިދާޅުވީ، 4800 ކިޓް ބޭނުން ކުރަން މިހާރުވެސް ރާއްޖޭގައި އެބަހުރި ކަމަށެވެ.
އޭގެ ތެރެއިން 1000 ކިޓަކީ ރެޕިޑް ޓެސްޓިން ކިޓު ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ، އިތުރު 6000 ކިޓު މިމަހު 31 ގައި ރާއްޖެއަށް ލިބޭނެ ކަމަށެވެ.
އެއީ އައިޖީއެމްއެޗުން ގެންނަ ކިޓްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން ކުރިއަށް އޮތް ދުވަސް ތަކުގައި 29،500 އަށްވުރެ ގިނަ ކިޓް ދުނިޔޭގެ އެކި ގައުމުތަކުން ރާއްޖެއަށް ލިބޭނެ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ، ކޮވި 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން މިހާތަނަށް 908 ސާމްޕަލެއް ރާއްޖެއިން މިހާތަނަށް ޓެސްޓް ކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ރާއްޖޭގައި ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ 17 މީހުންނެވެ.
އޭގެ ތެރެއިން 11 މީހަކު ރަނގަޅުވެފައިވާއިރު، 4 މީހަކަށްދަނީ ފަރުވާދެމުންނެވެ.