ކޮވިޑް 19

ކޮރޯނާވައިރަހަށް ފުރަތަމަ ފަހަރަށް ބުޅަލެއް ޕޮޒިޓިވް ވެއްޖެ

މިންހާ ފާއިޒް ރަޝާދު

1

ބެލްޖިއަމްގައި ބުޅަލެއް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެއެވެ.

ބުޅަލަށް ބަލިޖެހުނުކަން އެނގުނީ އޭގެ ވެރިފަރާތް ބައްޔަށް ޕޮޒިޓިވްވިތާ ހަފުތާއެއް ފަހުން ބުޅަލުންވެސް ކޮރޯނާވައިރަހުގެ އަލާމާތްތައް ފެންނަން ފެށުމުން ޓެސްޓްކޮށްގެންނެވެ. ބުޅަލުގެ ކިބައިން ފެނުނު އަލާމާތްތަކުގެ ތެރޭގައި ނޭވާލާން އުނދަގޫވުން ވެސް ހިމެނެއެވެ.

\

ބުޅާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އާންމުކުރީ ބެލްޖިއަމްގެ ހެލްތު އޮފިޝަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިއީ މިބައްޔަށް ބުޅަލެއް ޕޮޒިޓިވްވިކަން އެނގުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ހޮންގް ކޮންގްގައި ދެ ކުއްތާއެއް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވާ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ބެލްޖިއަމްގެ ނެޝަނަލް ކައުންސިލް އޮފް އެނިމަލް ޕްރޮޓެކްޝަން އިން ބުނީ ޖަނަވާރުންނަށް ކޮރޯނާވައިރަސް ޖެހޭކަން މިހާތަނަށް އޮތީ ޔަގީން ނުވެ ކަމަށެވެ.

ބެލްޖިއަމްގައި ކޮވިޑް19 އަށް ޕޮޒިޓިވް 9134 މީހުން ފެނިފައިވާއިރު 353 މީހުން ވަނީ މަރުވެފައެވެ. 1063 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟