ސިނަމަން ހަކުރާ ހުރާ، ގްރޭންޑް ޕާކު ކޮށްދިއްޕަރު މޯލްޑިވްސް އަދި ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓުންނާއި މާހާ ސަފާރީން ނެގި ސާމްޕަލްތައް ވެސް ނެގެޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ސިނަމަން ހަކުރާ ހުރާ، ގްރޭންޑް ޕާކު ކޮއްދިއްޕަރު މޯލްޑިވްސް އަދި ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓުންނާއި މާހާ ސަފާރީން ނެގި ސާމްޕަލްތައް ވެސް ނެގެޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނީ، އެ ތިން ރިސޯޓުންނާއި ސަފާރީން ނެގި ސާމްޕަލްތައް ނެގެޓިވްވުމުން އެރަށްތަކާއި ސަފާރީ މޮނިޓަރިންގެ ހާލަތުން ނެގިފައިވާ ކަމަށެވެ.
މީގެ ދެ ދުވަސް ކުރިން ސިނަމަން ހަކުރާ ހުރާ އާއި ކޮއްދިއްޕަރު މޯލްޑިވްސް މޮނިޓަރިންގެ ހާތަލަށް ގެނައީ އެ ދެ ރިސޯޓުން ކޮވިޑް 19 އަށް ޝައްކު ކުރެވޭ ބިދޭސީއެއްގެ ޓެސްޓުތައް ހެދުމަށެވެ.
މިދިޔަ ބުދަ ދުވަހު މަނަފަރު ރިސޯޓް މޮނީޓަރިންގެ ހާލަތަށް ގެނައީ އެ ރިސޯޓުގައި ހުރި ދިވެއްސެއްގެ ފަރާތުން ކޮވިޑް 19ގެ އަލާމާތްތަކެއް ފެނިގެން ޓެސްޓުތައް ހެދުމަށެވެ.
ބައްޔަށް ޝައްކުކުރެވޭ މީހެއް ހުރުމުން ހުޅުމާލެ ކައިރީގައި އޮތް މާހާ ނަމަކާށް ކިޔާ ސަފާރީ މޮނީޓަރިންގެ ހާލަތަށް ގެނައީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ ބޯޓުގައި އޭރު ދިން ބިދޭސީންނާއި ދެ ދިވެހިން ތިއްބެވެ.