އަވަށްޓެރި ސްރީ ލަންކާ އިން ކޮވިޑް 19 ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.
ސިއްހީ އިދާރާތަކާ ހަވާލާދީ ލަންކާގެ މީޑިއާތަކުން ބުނީ، މަރުވެފައިވަނީ 60 އަހަރުގެ މީހެއް ކަމަށާއި އޭނާއަކީ ސިއްހީ މައްސަލަތަކެއް ވެސް ހުންނަ މީހެއް ކަމަށެވެ.
އެގޮތުން އޭނާއަކީ އަހަރުތަކެއް ކުރިން ކިޑްނީ ފެއިލް ވެފައިވާ އަދި ހަކުރު ބައްޔާއި ލޭގެ ޕްރެޝަރު ވެސް ހުންނަ މީހެއް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ލަންކާގެ ސިއްހީ އިދާރާއިން ބުނެއެވެ.
ލަންކާ އިން ކޮވިޑް 19 ޖެހިފައިވާ 110 މީހުން ފެނިފައިވާއިރު އެބަލިން ނުވަ މީހަކު ވަނީ ރަނގަޅުވެފައެވެ.