18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި 61 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރުކުރީ އިއްޔެ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ އިއްޔެ ރިޕޯޓުކޮށްފައިވަނީ ފުލުހުންގެ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަނަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މިހާރު މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މި ފަދަ މައްސަލަ ތަކަކީ ފުލުހުން ސީރިއަސްކޮށް ބަލަމުން އަންނަ މައްސަލަތަކެއް ކަމަށް ފުލުހުން ބުނެއެވެ. އަދި މިފަދަ މައްސަލަތަކުގައި ކުޑަކުއްޖާގެ އައިޑެންޓިޓީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެ ސާވިސްއިން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރާނެ ކަމަށް ފުލުހުން ބުނެއެވެ.