އަދާރަން ޕްރިސްޓީޖް ވާދޫ ރިސޯޓުގެ މުވައްޒަފަކު، ރިސޯޓުން ފޭބުމުގެ ހުއްދަ ނުދިނުމުން މުދަލަށް ގެއްލުންދީ އިިންޒާރު ދިން މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އަދާރަން ވާދޫ ރިސޯޓުގެ މުވައްޒަފަކު އެ ރިސޯޓުގެ މުދަލަށް ގެންދުންދީ ރޯކޮށްލާނެ ކަމަށް ބުނެފައިވާ މައްސަލައެއް ހުށަހެޅީ އިއްޔެ ކަމަށެވެ. އަދި އެ މައްސަލައިގައި 40 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކުރީ އެމީހާ ރިސޯޓުގައި ހުއްޓާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ، އެ މީހާ ހަމަނުޖެހުން ހިންގާފައިވަނީ ރިސޯޓުން މުވައްޒަފުން ފޭބުން މަނާކޮށްފައިވަނިކޮށް ޑޮކްޓަރަށް ދެއްކުމަށް ރިސޯޓުން ފައިބަން ބޭނުންވެގެން ރިސޯޓުގެ މެނޭޖްމަންޓުގައި އެކަމަށް އެދުމުން، އެޗްޕީއޭގެ އެންގުމާ ހިލާފަށް ރިސޯޓުން ނުދެވޭނެ ކަމަށް މުވައްޒަފަށް އަންގާ އެޗްޕީއޭއާ ގުޅިގެން އެކަން ކުރިއަށް ގެންދަން ރިސޯޓުގެ މެނޭޖްމަންޓުން މަސައްކަތް ކުރަމުން ދަނިކޮށް އެކަމާ ހިތްހަމަނުޖެހިގެން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ މާފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ. މުއްދަތު ދީފައިވަނީ ގައިރު ހާޒިރުގައެވެ.