އިބްރާހިމް ޒަކީ
ކޮވިޑް 19އަށް ރާއްޖޭގައި ހަދަމުން މި އަންނަ ޓެސްޓް ތަކަކީ އެކަމަށް އެންމެ އިތުބާރު ބޮޑު އެންމެ އަވަހަށް ނަތީޖާ ލިބޭ ޓެސްޓްތައް ކަަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް 19 އާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. މޫސާ މުރާދު މިއަދު ވިދާޅުވީ، ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ޕީސީއާރު ކިޔާ ޓެސްޓެއް ކަމަށެވެ.
އެ ޓެސްޓަކީ އެކަމަށް އޮންނަ އެންމެ ޔަގީންކަންބޮޑު ޓެސްޓު ކަމަށެވެ.
އަދި އެއީ އެންމެ އަވަހަށް ބަލި ގަނެވޭ ޓެސްޓް ކަމަށާއި، އެބަލީގެ އަލާމާތްތައް ފެންނަތާ ނުވަތަ، އެ ބަލީގެ ވައިރަސް ހަށިގަނޑަށް ވަންނަތާ އެންމެ އަވަސް މުއްދަތެއްގައި ޓެސްޓަކުން ބަލި ދެނެގަނެވޭނަމަ އެ ޓެސްޓަކީ ސީޕީއާރު ކަމަށް ވެސް ޑރ.މުރާދު ވިދާޅުވިއެވެ.
ޑރ.މުރާދު ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ވެސް ރެކޮމެންޑް ކުރަނީ އެޓެސްޓް ހެދުމަށް ކަމަށްވެސް ވިދާޅުވިއެވެ.
އަދި މި ޓެސްޓް ހަދަނީ ވަކި މެށިންތަކެއްބޭނުން ކޮށްގެން ވަކި ތަމްރީންތަކެއް ހަދައިގެން ކަމަށްވެސް ވިދާޅުވިއެވެ.