ބަންގްލަދޭޝް

ބަންދަލޭޝްއިން ރާއްޖެއަށް މީހުން އައުން މުއްދަތެއްް ނެތް ގޮތަށް ހުއްޓާލައިފި

އިބްރާހިމް ޒަކީ

ނުރައްކާތެރި ކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19 އާއި ގުޅިގެން، ބޭރު ގައުމުތަކުގެ މީހުން ރާއްޖެ އައުން މަނާ ކުރުމަށް އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިިން ބަންގްލޭޝްއިިން ރާއްޖެއަށް މީހުން އައުން ވަކި މުއްދަތެއް ނެތް ގޮތަށް ހުއްޓާލައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ މީޑިއާ ކޯޑިނޭޓަރު މީޑިއާ އޮފިޝަލު މިފްތާހު މުހައްމަދު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބަންގްދޭޝްއިން ރާއްޖެއަށް މީހުން އައުން މީގެ ކުރިން މަނާކޮށްފައި އޮތީ މިއަދުގެ ނިޔަލަށް ކަމަށެވެ.

ނަމަވެސް އަލުން އެކަން މުރާޖައާކޮށް ބަންލަދޭޝްއިން ރާއްޖެއަށް މީހުން އައުން މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ހުއްޓާލަން ނިންމާފައިވާ ކަމަށްވެސް މިފްތާހު ވިދާޅުވިއެވެ.

މިފްތާހު ވިދާޅުވީ ބަންލަދޭޝްއިން ރާއްޖެއަށް މީހުން ނާދެވޭ ގޮތަށް ހަދާފައި އޮތް ނަމަވެސް ކުރީގައި އޮންނަ އުސޫލުން އެގައުމުން ދިވެހިންނަށް ރާއްޖެ އާދެވޭނެ ކަމަށެވެ. އަދި އެގޮތަށް އަންނަ ދިވެހިން ސަރުކާރުން ނިންމާފައިވާ ގޮތަށް ކަރަންޓީންގެ މުއްދަތު ހަމަކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖޭއިން ކޮވިޑް 19 އަށް ޕޮޒިޓިވް 13 މީހުން ފެނިފައިވާ އިރު، އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ. އަދި އެ 13 މީހުންގެ ތެރެއިން ފަސްް މީހުން އެ ބަލިން ރަނގަޅުވެ މިހާރު ވަނީ ކޮވިޑް 19 އަށް ނެގެޓިވް ވެފައެވެ.

އެހެންކަމުުން މިހާރު އެބަލީގައި ފަރުވާދެމުން އަންނަނީ އަށް މީހަކަށެވެ. ނަމަވެސް އެކި ސަބަބުތަކާހެދި މޮނީޓަރިންގެ ހާލަތުގަ އާއި ކަރަންޓީނުގައި ގިނަ ބަޔަކު އަދިވެސް އެބަ ތިއްބެވެ.