ކުއްލި ޚަބަރު

މޭ އަދި ޖޫންގެ އޭލެވެލް އިމްތިހާނު އޮކްޓޯބަރު، ނޮވެމްބަރަށް ފަސްކޮށްފި

މަރިޔަމް ޝަހުދާ

މިއަހަރު މޭ އަދި ޖޫން މަހު ބޭއްވުމަށް ހަމަޖައްސާފައިވާ އޭލެވެލް އިމްތިހާނު ކޮވިޑް 19ގެ ސަބަބުން، އޮކްޓޫބަރު އަދި ނޮވެމްބަރު މަހަށް ފަސްކޮށްފި އެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އޭލެވެލް އިމްތިހާނު ފަސް ކުރަން ނިންމިކަން އިއުލާނުކޮށްފައިވަނީ މިއަދު އެވެ.

އެގޮތުން މި ނިންމުމަކީ ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ގިނަ ދުވަސްތަކެއް ވަންދެން ސްކޫލު ބަންދު ކުރުމުން ނިންމި ނިންމުމެއް ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

މީގެ ކުރިންވެސް އިމްތިހާނު ފަސްކުރާކަމުގެ ވާހަކަ ތަކެއްގެ އަޑު ފެތުރިފައި ވެއެވެ. އެފަހަރު އެޑިއުކޭޝަނުން ވަނީ އެހަބަރު ދޮގުކޮށްފައެވެ. އަދި އިމްތިހާނު ފަސް ކުރަން ނިންމައިފި ނަމަ އާންމުކޮށް އެކަން އިއުލާނު ކުރާނެ ކަމަށް އެޑިއުކޭޝަނުން ބުނެފައި ވެއެވެ.