ނުރައްކާތެރި ކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ދުނިޔޭގައި ފެތުރެމުންދާ މިންވަރު މަޑު ނުވާ ކަމަށް އޭޑީކޭގެ ޗީފް މެޑިކަން އޮފިސަރު ޑރ.އަބުދުﷲ ނިޔާފު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 ފެތުރެމުންދާ މިންވަރާމެދު ކަންބޮޑުވުން ފާޅު ކުރައްވައި، މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ.ނިޔާފް ވިދާޅުވީ، ދުނިޔޭގައި ކޮވިޑް 19 ޖެހިފައިވާ މީހުންގެ އަދަދު މިހާތަނަށް ތިން ލައްކައަށްވުރެ މައްްޗަށް އަރާފައިވާއިރު، އެ އަދަދު 100،000 އަށް އެރީ 67 ދުވަހުން ކަމަށާއި، 200،000 އަށް އަރަން އިތުރު 11 ދުވަސް ނެގި ކަމަށާއި 300،000 އަށް އަރަން ނެގީ އެންމެ ހަތަރު ދުވަސް ކަމަށެވެ.
އެހެންކަމުން ކޮވިޑް 19އިން ރައްކާތެރިވުމަށް އަޅަމުން އަންނަ ފިޔަވަޅުތަކަށް ދޭ ސަމާލުުކަން ކުޑަ ނުކުރުމަށާއި، އަމިއްލަ ރައްކަލާއި، އެންމެންގެ ރައްކަލަށް ޓަކައި، ރައްކާތެރިވުން އިތުރުކުރުމަށް ނިޔާފު ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ޑރ. ނިޔާފު ވިދާޅުވީ، މި ބަލީގައި ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް ކޮތް ނުރައްކާ އިތުރު ނަމަވެސް މި ބައްޔަކީ އެންމެނަށްވެސް އޮތް ނުރައްކަލެއްް ކަމަށެެވެ. އަދި މި ބަލި ޖެހިގެން ޅަކުދިންވެސް ސީރިއަސް ހާލަތަށްގޮސް މަރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ރައްކާތެރި ކަމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރެއިިން ގޭގައި މަޑު ކުރުމަށާއި، އިޖުތިމާއީ ގައިދުރު ކުރުން ބޭއްވުމަށް ސަމާލު ވުމަށް ޑރ. ނިޔާފް ވަނީ އެދިވަޑައިގެންފައެވެ.