ކޮވިޑް 19

ޔޫރަޕު އަދި މެދުއިރުމައްޗަށް ދަތުރުކޮށްފައި އައި ދިވެއްސެއްގެ ގައިން ކޮވިޑުގެ އަލާމާތްތައް ފެންނާތީ އެކަހެރިކޮށްފި

މަރިޔަމް ޝަހުދާ

ޔޫރަޕާއި މެދުއިރުމައްޗަށް ދަތުރުކޮށްފައި އައި ދިވެއްސެއްގެ ގައިން ކޮވިޑް19ގެ އަލާމާތްތައް ފެންނާތީ އެކަހެރިކޮށްފި އެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މި މީހާ ކޮވިޑް 19 އަށް ޓެސްޓު ކުރުމަށް އެމީހާގެ ގައިން ސާމްޕަލް ނަގާފައިިވާ ކަމަށެވެ. އަދި ސާމްޕަލް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިހާރު އެޗްޕީއޭ އިން މަސައްކަތް ކުރަމުން ގެންދަނީ އެމީހާ ވެލިދޫ އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިއުމަށް ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖެއިން ކޮވިޑް 19އަށް 13 މީހަކު ޕޮޒިޓިވެފައި ވާއިރު އޭގެ ތެރެއިން ތިން މީހަކު ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެއެވެ.