ހަދަމުންދިޔަ އިމާރާތެއްގެ ހަތް ވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓިއްޖެއެވެ.
ފުލުހުން މިއަދު ބުނީ، މާފަންނުގައި ހަދަމުންދާ ތަނެއްގެ ހަތް ވަނަ ފަންގިފިލާއިން ބިންމައްޗަށް ބިދޭސީއަކު ވެއްޓިގެން އުޅޭކަމަށް އިރުއޮއްސި 6:19 ގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އޭނާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް އޭނާއަށް ލިބިފައިވަނީ ކޮންކަހަލަ އަނިޔާއެއް ކަމެއް އަދި ނޭނގެއެވެ.
ފުލުހުން ބުނީ، އެފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށްޓަކައި އިމާރާތްކުރާ ފަރާތްތަކުން އެންމެންގެ ސަމާލަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.